ފަގީރުކަމާއި ނިކަމެތިކަން ނައްތާލުން

0 have signed. Let’s get to 200!


ދިވެހިރާއްޖޭގައި ގިނަ އަދަދެއްގެ ރައްޔިތުންވަނީ ފަގީރުކަމާއި ނިކަމެތިކަން އިހުސާސްކުރަން ޖެހިފައެވެ 

މަގުސަދު

 1. ހުރިހައި މުވާތިނުންނަކީ އިންސާނީ ކަރާމާތް ލިބިގެންވާ ހަމަހަމަ ބައެއް ކަމުގައި ވުން
 2. ކޮންމެ މުވާތިނަކަށްމެ އަމިއްލަ ފައިމައްޗަށް ތެދުވުމަށް އެހީވުން.
 3. ހުރިހައި މުވާތިނުންނަށްވެސް ވަޒީފާގެ ފުރުސަތު އޮވެ، ފަސޭހަކަމާއިއެކު ވަޒީފާއަދާކުރެވޭ ގޮތް ހަމަޖެހިފައި އޮތުން 
 4. ރާއްޖެއަށްލިބޭ އާމްދަނީ ހަމަގޮތެއްގައި، ޚިދުމަތްތަކާއި (މިސާލަކަށް، ސިއްހީ އަދި ތައުލީމީ) އަދި އެނޫންވެސް އެހެން ޚާއްސަ އިނާޔަތްތައް (މިސާލަކަށް، ވަޒީފައިނެތުމުންނާއި ދުވަސްވީ މީހުންނަށް އިނާޔަތްތައް) މެދުވެރިކޮށް ހުރިހައި މުވާތިނުންގެ މެދުގައި ބެހިގެންދާގޮތް ހަމަޖެހިފައި އޮތުން

މަގުސަދު ހާސިލްކުރުން:

 1. މަތީގައިވާ މަގުސަދުތައް ހާސިލްކުރުމަކީ ސަރުކާރެއްގެ އެންމެ އިސް އެއް މައްސޫލިއްޔަތު 
 2. ސަރުކާރެއްގެ އެއްމެއިސް ވާޖިބަކީ މިނަންގަތް މައްސޫލިއްޔަތުކަން، ރައްޔިތުންގެ މަޖިލީހުގެ މެމްބަރުންނަށް އެގިފައި އޮތުން. އަދި އެމައްސޫލިއްޔަތު އަދާކުރުމުގައި އެންމެ މުހިއްމު ދައުރެއް އަދާކުރަންޖެހޭ ބަޔަކީ ސަރުކަރާއި އެމީހުންކަން ދެނެގަނެ، ސަރުކާރު މިކަމުގައި ޒިއްމާދާރުކުރުވުން. 
 3. ރައްޔިތުންގެ މަޖިލީހަށް މެންބަރުން ހޮވުމުގައި މަތީގައި މިނަންގަތް ވާޖިބު އަދާކުރުމުގެ އެކަށޭނެކަން ލިބިގެންވާ މީހުން ދެނެގަނެ، އެފަދަމީހުން، މަޖުލީހުގެ މެމްބަރުންނަށް ރައްޔިތުން ހޮވުން

މިމަގުސަދުތައް ހާސިލްކުރެވިދާނެބާ؟ ކުރެވިދާނެ!

 1. ރާއްޖޭގެ އާބާދީއާއި ރާއްޖޭގެ ޖީ.ޑީ.ޕީ އާއި އަޅާބަލާއިރު ރާއްޖެއަކީ ފުދުންތެރި ގައުމެއް.
 2. ރާއްޖެއަށްލިބޭ ފައިސާގެ ބޮޑުއަދަދެއްގެ ފައިދާ ރައްޔިތުންނަށް ނުލިބި ރާއްޖެއިން ބޭރުވޭ. މިކަން ރައްޔިތުންގެ މަޖިލީހުގައި ބެލެވި އިސްލާހުކުރެވެން ޖެހޭ
 3. ރާއްޖޭގެ ވަޒީފާތަކުގެ ބޮޑު ބައެއް ފުރަނީ ބިދޭސީން. މިސާލަކަށް، ޓޫރިޒަމް ދާއިރާގައި 70-60 އިންސައްތަ މަސައްކަތްކުރަނީ ބިދޭސީން. ރައްޔިތުންގެ މަޖިލީހުގައި މިކަން މިހެންވަނީ ކީއްވެގެންތޯ ބަލައި މިކަމަށް ހައްލުހޯދަންޖެހޭ.
 4. ރާއްޖެ ސިނާއީގޮތުން ސަރަހައްދުތަކަކަށް ބަހާލެވި އެސަރަހައްދުތަކުގައި އެކިއެކި ސިނާއަތްތައް ގާއިމުކުރެވި އެސަރަހައްދުތަކުން ވަޒީފާގެ ފުރުސަތު ރައްޔިތުންނަށް ލިބޭގޮތްވުން.
 • މިގޮތުން ރާއްޖެ ސިނާއީ ސަރަހައްދުތަކަކަށް ބަހާލެވިދާނެ ނަމޫނާއެއް މިލިންކުތަކުން 1، 2، 3 ފެނިގެންދާނެ

 

 1. Tharaggee – Localised Centralisation
 2. Kulhudhuffushi Metro
 3. Developing the Maldives Part II – Maldivian Suburbia

5- މިފަދަގޮތެއްގައި މަސައްކަތް ކުރެވި، ވަޒީފާގެ ފުރުސަތު ދިވެިހި ރައްޔިތުންނަށް ހުޅުވާލެވި، އަދި ވަޒީފާ އަދާކުރުމުން ލިބޭ އުޖޫރައިން، އާއްމު މުވާތިނުންނަށް، އެމީހުންގެ އަސާސީ ބޭނުންތައް ފަސޭހަކަމާއިއެކު ފުއްދޭނެފަދަ ނިޒާމެއް ގާއިމުކުރެވިއްޖެ ނަމަ، ފަގީރުކަމާއި ނިކަމެތިކަން ނައްތާލުމަކީ ކުރެވޭނޭކަމެއްކަން، ގަބޫލުކުރަން.

މިއީ ޚިޔާލެެއް. ބަހުސުކުރުމަށް ހުށަހަޅާލެވޭ ނުކުތާތަކެއް. އިންތިޚާބެއް ކުރިމަތިވަމުން އަންނައިރު ހަނދާންކޮށްލަން ބޭނުންކަމަށް ފެންނަ މުހިއްމު މައްސަލައެއް. މި ހުށަހަޅާލުމަށް ފާޑުކިޔުމުގެ ނަޒަރުން ކަޅިއެއް އެއްލަވައި، އުނި އިތުރުކުރައްވަން ބޭނުންވާ ނުކުތާތައް ފާހަގަކުރައްވައި ޖުމްލަގޮތެއްގައި މި ޚިޔާލަށް ތާއީދުކުރަށްވާނަމަ ސޮއިކުރައްވާ